ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި

ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފިއެވެ. މިއަދު ފާސްކުރި ނިޝާންގައި 'ރ' އަކުރުގެ މެދުގައި އިތުރު އެއް ރޮނގުބުރި ދަމާފައިވާ ތަން ދައްކުވައިދޭ އިރު، މި ނިޝާން ހޮވާފައިވަނީ މ...

03 Jul 2022 | 10:32

ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފިއެވެ.

މިއަދު ފާސްކުރި ނިޝާންގައި 'ރ' އަކުރުގެ މެދުގައި އިތުރު އެއް ރޮނގުބުރި ދަމާފައިވާ ތަން ދައްކުވައިދޭ އިރު، މި ނިޝާން ހޮވާފައިވަނީ މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި ދިވެހި ބަހުގެ އެކަޑަމީގެ އޮފިޝަލުންނާއި މިފަދަ މަަސައްކަތް ކުރާ އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ކޮމިޓީއަކުންނެވެ.

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ފަރުމާކޮށް ހުށަހެޅުމަށް އެމްއެމްއޭ އިން މިދިޔަ އަހަރުގެ ތެރޭގައި ފުރުސަތު ހުޅުވާލުމުން ހުށަހެޅި 70 ހުށަހެޅުމުގެ ތެރެއިން އެންމެރަނގަޅޫ ހުށަހެޅުމެއްކަމަށް ފާސްކޮށްފައިވަނީ ހަސަން ޝުޖާއު، މ. ސްޕޮޓްލައިޓް ފަރުމާކުރި ނިޝާނެވެ.

އެމްއެމްއޭ އިން ބުނީ މި ނިޝާން ބޭނުން ކުރާނީ ހިސާބު އަދަދުގެ ފަހަތަށް ވާ ގޮތަށް ކަމަށާއި ދެން ޗާޕުކުރާ ނޫޓުތަކުގައި މި ނިޝާން ބޭނުންކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް