ކެފޭއެއްގެ ތެރޭގައި އިންދާ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ނަދީމު އިބްރާހިމް ގެ މަރުގެ މައްސަލައިގާ ހުކުމް އިއްވުން ފަސްކޮށްފިއެވެ.
އެ މައްސަލައިގާ ހުކުމް އިއްވުން ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރިނަމަވެސް ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޟީ ސަލާމުގައި ހުންނެވުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނަދީމަަށް ތޫނު އެއްޗަކުން ހަމަލާ ދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒް، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އަދި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
ނަދީމަށް ހަމަލާދިންކަމުގެ ތުހުމަތު މަފާޒްގެ މައްޗަށް ކޮށްފައިވާއިރު، ދެން ތިބި މީހުންނަށް ކުރަނީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވުމުގެ ތުހުމަތެވެ.
އެ މައްސަލާގެ ހުކުމް އެންމެ ފުރަތަމަ އިއްވަން ހަމަޖެއްސީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް