މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައަރާފާނެކަމުގެ އިންޒާރު މޫސުމާއިބެހޭ ގައުމީ އިދާރާއިން ދީފިއެވެ.
މޯލްޑިވްްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިވަނީ މިއަދުވެސް އުދައަރާފާނެކަމަށް ހުދު ސަމާލު ނެރެފައެވެ.
މި ސަމާލު ނެރެފައިވަނީ ހއ. އިން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 02:00 އިން ފެށިގެން ހަވީރު 06:00 އާއި ދެމެދުގެ ވަގުތަށެވެ.
މިއަދުވެސް އުދަ އަރާފާނެކަމަށް ސަމާލު ނެރެފައިވާއިރު ފާއިތުވި ދެ ދުވަހު އުދައިގެ އަސަރު 35 ރަށަކަށް ކޮށް 500 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް