މެކްސިކޯގައި މޭޔަރަކު ކިނބުލަކާ ކައިވެނިކޮށްފި

މެކްސިކޯގެ ފަގީރު ސަރަހައްދެއްގެ މޭޔަރަކު ކިނބުލަކާ ކައިވެނިކޮށްފިއެވެ. ކުލަގަދަ ހަފްލާއެއްގައި ކިނބުލަކާ ކައިވެނިކުރީ މެކްސިކޯގެ ސަން ޕެދްރޯ ހުއަމެލޫލާ ގެ މޭޔަރު ވިކްޓޯ ހޫގޯ ސޯސާއެވެ. މޭޔަރު މި ކައިވ...

03 Jul 2022 | 08:49

މެކްސިކޯގެ ފަގީރު ސަރަހައްދެއްގެ މޭޔަރަކު ކިނބުލަކާ ކައިވެނިކޮށްފިއެވެ.

ކުލަގަދަ ހަފްލާއެއްގައި ކިނބުލަކާ ކައިވެނިކުރީ މެކްސިކޯގެ ސަން ޕެދްރޯ ހުއަމެލޫލާ ގެ މޭޔަރު ވިކްޓޯ ހޫގޯ ސޯސާއެވެ. މޭޔަރު މި ކައިވެނިކުރީ އެ ސަރަހައްދުގައި ގަދީމީ ގޮތުން މިކަން އަބަދުވެސް ކުރަމުން އަންނާތީއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކައިވެނީގެ މި ހަފްލާ ފުރިހަމަކުރުމަޓަކައި ކިނބުލަށް މޭޔަރު ދޮނެއް ދިނުމަށްޓަކައި ކިނބުލުގެ އަނގަ އޮތީ ބަނދެފައެވެ. އެކަން ފުރިހަމަވަނީ މޭޔަރު ކިނބުލަށް ދޮނެއް ދިނުމުން ކަމަށް އެ ސަރަހައްދުގެ މީހުން ގަބޫލުކުރެއެވެ.

މޭޔަރު ކިނބުލާ ކައިވެނިކުރަނީ އެ އަވަށަށް އުފާ ފާގަތިކަން ހޯދުމުގެ ނިޔަތުގައި ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް