ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މާދަމާ ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ ދެ ކަނބަލުން މިއަހަރު ހައްހުގެ އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.
ރައީސްގެ ދެ ކަނބަލުންގެ ހައްޖަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އަދި މިދިޔަ އަހަރުވެސް ރާއްޖެއިން ހައްޖަށް މީހުން ގޮސްފައެއް ނުވެއެވެ. މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފަހަރަށްވާއިރު، މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.
ރާއްޖެއިން މިފަހަރު ހައްޖަށް ދަނީ 453 މީހުންނެވެ. ހައްޖަށްދާ އެންމެ ފަހު ގްރޫޕް ފުރާފައި ވަނީ ރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް