ފުލުހުންނަށް މަރުގެ އިންޒާރުދިން ޒުވާނަކު ހައްޔަރުކޮށްފި

ފުލުހުންނަށް މަރުގެ އިންޒާރުދިން ޒުވާނަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަ...

03 Jul 2022 | 07:46

ފުލުހުންނަށް މަރުގެ އިންޒާރުދިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މިމަހު އެއް ވަނަ ދުވަހުއެވެ.

ބިރުދެއްކުމާއި އިންޒާރުދިންކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަަށުން އޭނާ ހައްޔަރުކޮށް ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ އއ. ތޮއްޑު އަށް ިޮސްބަތްވާ ޝާރިހު އަލީ އެވެ.

އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ކޯޓު އަމުރުގައި ބުނެފައިވާ މަރުގެ އިންޒާރުދިން ކަމަށް އޭނާ އިންކާރުކޮށްފައިވީނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ފުލުހުން ހުށަހަޅާފައި ވާތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް