ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެއް ފައުންޑަރ މުހައްމަދު ލަތީފް (ގޯގޯ ލަތީފް) މިއަދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން ރޭ ދަންވަރުގެ ވަގުތެއްގައި ސްރީލަންކާގެ ނަަވަލޯކާ ހޮސްޕިޓަލުގައެވެ.
https://twitter.com/abdulla_shahid/status/1543437954084995074
https://twitter.com/faya_i/status/1543442059561906176
އެމްޑީޕީގެ އެއް ބާނީ ކަމުގައިވާ ލަތީފް މި ފަހުން ސިޔާސީ ދާއިރާއާއި އަދި އެމްޑީޕީގެ ކަންކަމުން ދުރުވެ ދިރިއުޅެމުން ގެންދިޔައީ ލަންކާގައެވެ.
ރާއްޖެއިން ބޭރުގައި އުޅުއްވަމުން މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެއްދުމުގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވި ލަތީފް ހިމެނިވަޑައިގަންނަވަނީ އެންމެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް