ދުވަހުގެ މޫސުން: މިއަދުވެސް ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު ދިޔަވަރު ބޮޑުވާ ވަގުތު މިއަދުވެސް ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެނ...

03 Jul 2022 | 03:39

ދުވަހުގެ މޫސުމަށް ބަލައިލާއިރު ދިޔަވަރު ބޮޑުވާ ވަގުތު މިއަދުވެސް ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

އުދަ އެރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް މޫސުމީ މި ބުލެޓިންގައި އިލްތިމާސްކޮށްފައިވާއިރު އުތުރާއި މެދުރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަަކށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށާއި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުުނެފައިވެއެވެ.

މެދުރާއްޖެއާއި އުތުރުގައި، ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާއިދެމެދުގެ ބާރުމިނުގައި އަދި ދެކުުނުގެ ސަރަހައްދަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ބުނެފައިވާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އާއްމުގޮތެއްގައި ގަދަވުން އެކަށީގެންވާކަމުގައިވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ. މިއީ އިއްޔެއާއި އަޅާ ބަލާއިރު ދެ ފޫޓުގެ ދަށްވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް