އިއްޔެ ކުއްޖަކު މަރުވި ހާދިސާ ބައެއް ނޫސްތަކުގައި ރިޕޯޓްކުރި ކުރިގޮތާއިމެދު ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެގޮތުން މެޑަމް ފަޒްނާ ވިދާޅުވެފައިވަނީ އިއްޔެ ކުއްޖަކު މަރުވި ހާދިސާ ބައެއް ނޫސްތަކުގައި ރިޕޯޓްކުރައްވާފައިވަނީ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފަށްކަން ހިތާމައާއެކު ފާހަގަކުރަައްވާކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އިހްތިރާމާއެކު އެދިލައްވާކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި ބައެއްގެ ކައިރީގައި ވަކިކަމެއް ކުރަން ނުވަތަ ނުކުރަން ބުނާއިރު އެއީ ކީއްވެކަން ރަނގަޅަށް އޮޅުންފިލުވާދޭންޖެހޭ" މެޑަމް ފަޒްނާ ވިދާޅުވެފައިވެެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ އެގޮތުން މިފަދަ ކަންކަން ވަކި ގޮތަކަށް ރިޕޯޓްކުރުން ނުވަތަ ނުކުރުން މުހިންމު ވަނީ ކީއްވެކަން މީޑިއާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އޮޅުންފިލުވާދިނުމުގެ ސެޝަނެއް ނެގޭނެ ގޮތަކާއިމެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވްއާއި ބައްދަލުވި ދުވަހެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި، އިރާދަކުރެއްވިއްޔާ ކަމާ ގުޅޭ ފަރާތްތަކާއިއެކު މިކަން ކުރަން މަސައްކަތްކުރައްވާނެކަމުގައި ފަސްޓްލޭޑީ ވިދާޅުވެފައިވެއެވެ.
އިއްޔެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް