ޓޮމިނޭ ގަތުމަށް 170 މިލިއަން ޕައުންޑުގެ ފީއެއް ނިއުކާސަލް އިން ހުށައަޅަނީ

މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފީލްޑަރ މެކް ޓޮމިނޭ ގަތުމަށް 170 މިލިއަން ޕައުންޑުގެ ފީއެއް ނިއުކާސަލް އިން މެންޗެސްޓަރ ޔުނައިޓެޑަށް ހުށައެޅުމަށް ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. ވޭތު...

03 Jul 2022 | 01:44

މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފީލްޑަރ މެކް ޓޮމިނޭ ގަތުމަށް 170 މިލިއަން ޕައުންޑުގެ ފީއެއް ނިއުކާސަލް އިން މެންޗެސްޓަރ ޔުނައިޓެޑަށް ހުށައެޅުމަށް ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ވޭތުވެ ދިޔަ ތިން ސީޒަނުގައި ވެސް ޔުނޢިޓެޑަށް މޮޅު ކުޅުމެއް ދެއްކި ޓޮމިނޭ ހޯދުމަށް ނިއުކާސަލް އިން ބޮޑު ހޭދައެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނާއިރު، ޓޮމިނޭ ވިއްކާލުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި މީޑިއާ ދަ ޓައިމްސް އިން ރިޕޯޓުކުރާ ގޮތުގައި ޔުނައިޓެޑުން މިވަގުތު އެންމެ ބޮޑަށް ޓާގެޓް ކުރަނީ ބާސެލޯއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރ ޑި ޔޮންގް ހޯދުމަށެވެ. އަދި މިއީ ޓޮމިނޭގެ ބަދަލުގައި ޔުނައިޓެޑަށް ގެންނަން މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓު ބުނާގޮތުން ނިއުކާސަލްއިން މިހާރުދަނީ ޓޮމިނޭ ގަތުމާއި ބެހޭ މަޝްވަރާތައް ޔުނައިޓެޑާއި އެކު ކުރަމުންނެވެ. އަދި މި މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ވެސް ނިއުކާސަލް އިން ބުނެފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް މީގެ ކުރިން ޔުނައިޓެޑުގެ އައު ކޯޗު އެރިކް ޓެން ހާގު ޓޮމިނޭއާއި ގުޅޭ ގޮތުން ބުނެފައިވަނީ ޓޮމިނޭ އަކީ މިވަގުތު ޔުނައިޓެޑުން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް ކަމަށެވެ. އަދި ޓޮމިނޭ އަކީ ޔުނައިޓެޑުން ވިއްކާލަން ބޭނުންވާ ކުޅުންތެރިއެއް ނޫން ކަމަށް ވެސް މީގެ ކުރިން އޭނާ ވަނީ ބުނެފައެވެ.

ޑި ޖޮންގް ޔުނައިޓެޑާއި ގުޅޭނެ ކަމަށް ބެލެވޭއިރު، ނިމިގެން ދިޔަ ސީޒަނުގައި ޔުނައިޓެޑުގައި މުހިންމު ދައުރެއް އަދާކުރި ޕޯލް ޕޮގްބާ، ނޭމަންޖާ މަޓިޗް، ޖެސީ ލިންގާޑް އަދި ހޫއާން މަޓާ ވަނީ ހިލޭ ޓްރާންސްފާގެ ދަށުން ކުލަބު ދޫކޮށްލަން ނިންމާފަ އެވެ.

ޓެން ހާގުގެ ބެލުމުގެ ދަށުން މިދިޔަ ހޯމަ ދުވަހު ޕްރީ ސީޒަންގެ ފަރިތަކުރުންތައް ޔުނައިޓެޑުން ފަށާފައިވާއިރު، ގިނަ ކުޅުންތެރިންތަކެއް ބައިވެރި ނުވެއެވެ. އޭގެތެރޭގައި ޓޮމިނޭ، ރޮނާލްޑޯ، ޕޮގްބާ ފަދަ ކުޅުންތެރިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް