އިންޑިއާ ހައިކޮމިޝަން ގޮއްވާލަން ބުނި މީހާ ހައްޔަރުކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން ޝޯޝަލް މީޑިއާގައި ގޮވާލި މީހާ ހައްޔަރުކޮށްފި އެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ އުމުރުން42 އަހަރުގެ ދ...

03 Jul 2021 | 17:41

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން ޝޯޝަލް މީޑިއާގައި ގޮވާލި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ އުމުރުން42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެމީހާގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ބުނެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބު ދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.

ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފައިވެ އެވެ. އެ ތަންތަނުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް އޮންލައިން ނޫސްތަކުން ޚަބަރު ފަތުރަމުންދާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެ ޓްވީޓްކޮށްފައި އޮތީ "ރޮޔަލް ހުސެން ތަކުރު" ނަމުގައި އޮތް ޓްވިޓާ އެކައުންޓަކުންނެވެ. އެމީހާ އެ ޓުވީޓު ކުރިތާ މާ ގިނަ އިރެއް ނުވެ ޓުވިޓާއިން ވަނީ އެ އެކައުންޓު ސަސްޕެންޑު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް