މާލެއިން ކޯވިޑް ޖެހުނީ 11 މީހުންނަށް، މިއަދުގެ ޖުމްލަ 150

ރާއްޖެއިން އިތުރު150 މީހުން ކޯވިޑް-19 އަށް ޕޮސިޓވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 11 މީހުން ކަމަށެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 95 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވ...

03 Jul 2021 | 17:06

ރާއްޖެއިން އިތުރު150 މީހުން ކޯވިޑް-19 އަށް ޕޮސިޓވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 11 މީހުން ކަމަށެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 95 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯޓުތަކުން 17 މީހުންނާއި ތަރައްގީ ކުރަމުންދާ ރިސޯޓުތަކުން ހަތް މީހުންނެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން 20 މީހަކު ޕޮސިޓިވްވެފައިވެ އެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،266 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،276 މީހުންނަށެވެ. އޭގެ ތެރެއިން 20 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 70،723 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 74،224 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް