ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ތިނަދޫގައި 24 ގަޑިއިރު ކަފިއު ހިންގަނީ

ގދ.ތިނަދޫގެ ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެ 24 ގަޑިއިރު ކާފިއު ހިންގަން ނިންމައިފި އެވެ. ތިނަދޫ ކައުންސިލުން ބުނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް އިތުރުރަށް ހަރުކަށި ކުރ...

03 Jul 2021 | 16:11

ގދ.ތިނަދޫގެ ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެ 24 ގަޑިއިރު ކާފިއު ހިންގަން ނިންމައިފި އެވެ.

ތިނަދޫ ކައުންސިލުން ބުނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް އިތުރުރަށް ހަރުކަށި ކުރުމަށް މިއަދު ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުމަށް ކުރިން ދީފައިވާ ލުއިތައް ހަފުތާއެއްގެ މުއްދަތަށް ހިފަހައްޓަން ނިންމާފައިވާ ކަމަށެވެ.

އިތުރަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރަށް ނުކުމެ އުޅުމަށް ގޭގެއަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް ހިފަހައްޓައި ކަސްރަތުކުރަން ބޭރަށް ދިއުން ވެސް މަނާކޮށްފައިވެ އެވެ. ސަރުކާރު އޮފީސްތަކުން މަދު މުވައްޒަފުން ބޭނުންކޮށްގެން ހިދުމަތް ދިނުމާއި ސަރުކާރުގެ ހުއްދައާ އެކު ކުރާ މަސައްކަތްތައް ފިޔަަވައި އެހެން މަސައްކަތްތައް ހުއްޓާލުން ހިމެނެ އެވެ.

އަމިއްލަ ކާރުތަކުގައި ދަތުރު ކުރުން މަނާކޮށްފައިވާއިރު ފުލުހުން ދޭ "ޓައިމް ބައުންޑް ޕާމިޓް" ނެތް ފަރާތްތަކުން ޓެކްސީގެ ހިދުމަތް ނުދިނުން ހިމެނެ އެވެ. ފިހާރަތަކުން ޑެލިވަރީގެ ކުރެވޭ ވަގުތު ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް ކުޑަކޮށް، ކެފޭ ރެސްޓޯރެންޓްތަކަށް ޑެލިވަރީ ކުރެވޭ ވަގުތު ހެނދުނު 88:00 އިން ރޭގަނޑު 10:00 އަށް ވަނީ ކުޑަކޮށްފައި އެވެ.

މަސްވެރިކަމަށް ފުރާ ދޯނިތައް އެނބުރި ރަށަށް އައި ނަމަވެސް, އެއްގަމަށް ނޭރުމަށް ކައުންސިލުން މިއަދު ވަނީ އަންގާފަ އެވެ.

ތިނަދޫގެ ކޯވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިއްޔެ އެކަނިވެސް20 މީހުން ޕޮސިޓިވްވެފައިވެ އެވެ. އަދި މިވަގުތު ތިނަދޫގައި އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 275 ގައި އެވެ.

އެ ރަށުން މިހާތަނަށް ޖުމްލަ 726 މީހަކަށް މި ބަލި ޖެހުނުއިރު، 451 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މި ބަލީގައި އެ ރަށުން ދެ މީހަކު މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް