ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފި

ރައްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކޮށްފި އެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ކޮ...

03 Jul 2021 | 14:54

ރައްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށެވެ. އެންމެ ފުރަތަމަ މި ހާލަތު އިއުލާނު ކުރީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހު އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވިދާޅުވީ ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.

ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހު ދެ ވަނަ ދުވަހާއި ހަމަށް އިތުރު ކުރަން ނިންމެވީ ކަމަށް މިނިސްޓަރު ނަސީމްގެ ގަރާރުގައި ވިދާޅުވި އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދަންމާލަން ނިންމިއިރު، ރާއްޖޭގައި ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވި އެވެ. ނަމަވެސް، މަޑުމަޑުން ކޭސްތައްް މިހާރު ވަނީ ވަރަށް ބޮޑަށް ދަށް ވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް