ކޯވިޑް-19 ގެ ހާލަތު ގޯސްވާން ފެށުމުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މެދުކަނޑާލި އަދި އޮންލައިންކޮށް ދިން ހިދުމަތްތައް ހޮސްޕިޓަލުން ދޭން ފަށަން ތައްޔާރުވެއްޖެ އެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލުން ހިދުމަތްތައް ހޮސްޕިޓަލުގައި ދޭން ފަށަން ނިންމީ ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ބޮޑު ލުއިތަކެއް ދީފައިވާތީ ކަމަށެވެ. އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލަށް ގޮސް ހިދުމަތް ހޯދުމަށް ހުޅުވައިލި ނަމަވެސް، މި ޑިޕާޓްމަންޓުތަކުން އޮންލައިންކޮށް މިހާރު ވެސް ދެމުން އަންނަ ހިދުމަތްތައް މެދުކަނޑައިނުލާނެ ކަމަށެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ކަނޑައަޅާފައިވާ ވަކި ވަގުތުތަކެއްގައި މެދުކަނޑާލި ހުރިހާ ހިދުމަތެއްހެން ލިބޭނެ އެވެ. ސްޕީޗް ތެރަޕީ ފިޔަވައި ހުރިހާ ހިދުމަތެއް ހެނދުނު 8:00 އިން ހަވީރު 4:00 އަށް ދޭއިރު، ސްޕީޗް ތެރެޕީ ސެޝަންތައް ނަގައިދެނީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ.
އޯޕީޑީގެ އިތުރުން ފިޒިއޮތެރަޕީ އާއި އޮކިއުޕޭޝަނަލްތެރަޕީ ސެޝަންތައް ވެސް އައިޖީއެމްއެޗުގައި ފަށާނެ އެވެ. އަދި ކުރިން އޮންލައިންކޮށް ދެމުން އައި ނަފުސާނީ ފަރުވާގެ ހިދުމަތްތައް ވެސް ހޮސްޕިޓަލަށް މީހުން ގެންގޮސްގެން މާދަމާއިން ފެށިގެން ދޭން ފަށާނެ ކަމަށް ބުނެ އެވެ.
ކޯވިޑާއި ގުޅިގެން މެދުކަނޑާލާފައިވާ ރޭޑިއޯލޮޖީ ޑިޕާޓްމަންޓާއި ލެބޯރެޓަރީގެ ހިދުމަތް ވެސް އަލުން ފަށަން ވަނީ ނިންމައިފަ އެވެ.ޯ ކޮވިޑާ ގުޅިގެން މެދުކަނޑާލި ޓީއެމް.ޓީ، އެންޑްސްކޯޕީ، ކޮލޮނޮސްކޯޕީ އަދި ބްރޮންކޮސްކޯޕީ ހިދުމަތާއި ދުރާލައި ރާވައިގެން ކުރާ އޮޕަރޭޝަންތައް ވެސް މަދާމާ ފަށާނެ ކަމަށް ނޫސްބާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް