ލަވަކިޔުންތެރިޔާ ޔާފިއު ޓުވިންކަލް އާއި ކައިވެނިކޮށްފި

ލަވަކިޔުންތެރިޔާ އަހުމަދު ޔާފިއު ޓުވިންކަލް ޝަރީފާއި ކައިވެނިކޮށްފި އެވެ. ޓީވީއެމްއިން ދެއްކި "ވޮއިސް އޮފް މޯލްޑިވްސް" އިން ވިދާލި ޔާފިއު އާއި ޓުވިންކަލްގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދ...

03 Jul 2021 | 10:36

ލަވަކިޔުންތެރިޔާ އަހުމަދު ޔާފިއު ޓުވިންކަލް ޝަރީފާއި ކައިވެނިކޮށްފި އެވެ.

ޓީވީއެމްއިން ދެއްކި "ވޮއިސް އޮފް މޯލްޑިވްސް" އިން ވިދާލި ޔާފިއު އާއި ޓުވިންކަލްގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައި އެވެ. މި ހަލްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް ރަހުމަތްތެރިން ކަމަށްވެ އެވެ.

ދެމީހުންގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ކައިވެނީގެ އެއްވެސް ވާހަކައެއް އަދި ހިއްސާއެއް ނުކުރެ އެވެ. އެކަމަކު މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރަންކީކަން ޔާފިއު އާއި ޓުވިންކަލް ލަވީ ފޭސްބުކްގައި ހާމަކޮށްފައި އެވެ.

ވޮއިސް އޮފް މޯލްޑިވްސްގެ ފަހުން ޔާފިއު ވަނީ ގިނަ ލަވަތަކެއް ކިޔާފަ އެވެ. އެގޮތުން މަޝްހޫރު ލަވަ ޝޯތަކާއި ފިލްމުތަކަށްވެސް އޭނާ ލަވަކިޔާފައިވެ އެވެ. ޔާފިއު މަޝްހޫރުވެފައި ވަނީ ތަފާތު އަޑެއް އޮންނަ ފަންނާނެއްގެ ގޮތުގައި އެވެ.

ޔާފިއު ކައިވެނި ކުރި ޓުވިންކަލް އަކީ ޓްވިންކަލް ޝަރީފް (ޝުވޭކާ) އަކީ އެކައުންޓިންގެ ދާއިރާގެ އިތުރުން ލަވަކިޔުމުގެ ދާއިރާ އިން ވެސް އާއްމުން ދެނެފަރިތަ މޫނެކެވެ.

ޓުވިންކަލް މިހާރު ވަޒީފާ އަދާ ކުރަނީ މީޑިއާ ނެޓުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް