މި ފަހަރު ވެސް ބާ ފޮތްތަކެއް ދޫކުރުމުން ބައެއް ބެލެނިވެރިން ރުޅިގަދަވެފައި!

އަންނަ ދިރާސީ އަހަރުގެ ކިޔެވުމަށް ބޭނުންކުރަން ދޫކޮށްފައިވާ ޓެކްސްޓް ފޮތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ބާ ޓެކްސްޓް ފޮތް ހުރުމުން ބައެއް ބެލެނިވެރިން ނުރުހުން ފާޅުކުރަން ފަށައިފިއެވެ....

03 Jul 2021 | 10:00

އަންނަ ދިރާސީ އަހަރުގެ ކިޔެވުމަށް ބޭނުންކުރަން ދޫކޮށްފައިވާ ޓެކްސްޓް ފޮތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ބާ ޓެކްސްޓް ފޮތް ހުރުމުން ބައެއް ބެލެނިވެރިން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ބެލެނިވެރިން ވަނީ މި ގޮތަށް ހުރި ބައެއް ފޮތްތައް "ދުވަސް"ގެ ނޫސްވެރިންނަށް ދައްކާލާފައެވެ. ބެލެނިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މި ފޮތްކަކީ ދިރާސީ އަހަރު ނިމުމުން ރައްކާތެރި ކަމާއެކު ސްކޫލަށް ރައްދުކުރަންޖެހޭ އެއްޗެއްސަށް ވާއިރު، މިހާ ބާ ފޮތްތަކެއް ގެންގުޅެން ޖެހުމުން ދަރިވަރުންނަށް ތަކުލީފުތަކެއް އުފުލަން ޖެހުމެވެ.

"މި ދެނީ މީގެ ކުރިން ކުދިން ބޭނުންކޮށް ހަލާކުވެފައި ހުންނަ ފޮތް، މި ކަހަލަ ފޮތެއް ލިބުނީމާ ފަރުވާތެރިކޮށް ފޮތް ގެންގުޅޭ ކުއްޖާ ވެސް ވަރަށް ބޮޑަށް ޑީމޯޓިވޭޓް ކުރުވާ،" ބެލެނިވެރިޔަކު ބުންޏެވެ. ވަރަށް ރީތިކޮށް ފޮތް ގެންގުޅެން ބޭނުންވާ ފަރުވާތެރި ކުދިން އުޅޭ އިރު އެ ކުދިންނަށް މި ގޮތްތައް ބަލައިގަންނަން އުނދަގޫ ވާނެ ކަމަށް ބެލެނިވެރިޔަކު ބުނެފައި ވެއެވެ.

މިއަހަރުން ފެށިގެން ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީގެ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކުރުމުގެ ބަދަލުގައި ފޮތްތަކުގެ ސްފޮޓު ދޫކުރާ ގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ހަމަޖައްސާފައެވެ.

މިކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު، މި މައްސަލަ މީގެން ކުރިން ވެސް އެކި އަހަރުތަކުގައި ދިމާވެފައި ވެއެވެ.

އެހެންވެ، ކޮންމެ ފަހަރަކު ވެސް ފޮތްތައް ދޫކުރަމުން ފޮތް ގެންގުޅުމުގައި ފަރުވާތެރިވުމަށް ސްކޫލްތަކުން އިލްތިމާސްކުރެއެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް