ސްޕެއިންގެ އެއާލައިނެއް ކަމަށްވާ އައިބީރިއާ އެއާލައިން ރާއްޖެއަށް ސީދާ ދަތުރުތަށް ފަށައިފި އެވެ.
އެ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރަނީ ސްޕެއިންގެ މެޑްރިޑުންނެވެ. މި ދަތުރުތަކަކީ ހޫނު މޫސުމާއި ދިމާކޮށް ޖުލައި އަދި އޮގަސްޓު މަހު ބާއްވާ ދަތުރުތަކެކެވެ.
އެ އެއާލައިނުން ހަފްތާ އަކު ދެ ދަތުރު ރާއްޖެއަށް ކުރާނެ އެވެ.
https://twitter.com/VelanaAirport/status/1411251339116515330
މި އެއާލައިންގެ ދަތުރުތައް ފެށުމުން ފުރަތަމަ ފްލައިޓުން ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ވީއައޭގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް