ޔާމީން ޖަލުގައި ހުންނެވި އިރުވެސް ޕީޕީއެމުން ސިޔާސީ ހަރަކާތް ހިންގި: އާދަމް ޝަރީފް

ޔާމީން ޖަލުގައި ހުންނެވި އިރުވެސް ޕީޕީއެމް އިން ސިޔާސީ ހަރަކާތް ހިންގި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވި...

03 Jul 2021 | 08:57

ޔާމީން ޖަލުގައި ހުންނެވި އިރުވެސް ޕީޕީއެމް އިން ސިޔާސީ ހަރަކާތް ހިންގި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް ޔާމިންގެ އެންގެވުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ޕްރެޝަރު ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ބުނެ ފެތުރޭ ވާހަކަތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ އެވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ރައީސް ޔާމީން ޖަލުގައި ހުންނެވިއިރުވެސް ޕީޕީއެމް ޕީއެންސީން ސިޔާސީ ހަރަކާތް ހިންގެވިކަމަށެވެ.

"ލޮކްޑައުން ނިމޭއިރަށް ސިޔާސީ ހަރަކާތް ފައްޓާނެ. އެއީ ރައީސް ޔާމީން އަންގަވައިގެނެއް ނޫން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ އެއް އިރަކުވެސް ޤާނޫނާ ހިލާފުވާނެ ބޭފުޅެއް ނޫންކަމަށެވެ.

އާދަމްް ޝަރީފް މިހެން ވިދާޅުވި އިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ޕީޕީއެމް ހަރަކާތް ކޮމެޓީން ހަވީރު ގަޑިތަކުގައި މުޒާހަރާ ކުރުމަށް ނުކުތުމަށް ރައީސް ޔާމީން ވަނީ އަންގަވާފައެވެ. މި ގޮތުން، ސަރުކާރަށް ޕްރެޝަރ ކުރުމުގެ މަގުސަދުގައި މުޒާހަރާތަކާއި އެއްވުންތައް ސިލްސިލާ ގޮތެއްގައި ބާއްވާން ޖެހޭ ކަމަށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ރައްޔިތުން މަޖިލީހުގެ ކައިރިއަށް އެއްވެ މުސްލިމުންނަށް ކާފަރެކޭ ގޮވުން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލް ސިޔާސީކޮށް، އެ ބިލާ ދެކޮޅަށް އަޑު އުފުލުމަށް ޚާއްސަ ޓީމެއް އެކުލަވާލުމަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު މީޑިއާ އަށް ވިދާޅުވީ މުޒަހާރާ ކުރަން ނޫޅޭ ކަމަށާއި، އެފަދަ މައުލޫމާތެއް ވެސް ލިބިފައިނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް