ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްްޑީޕީ) އޮތީ ރަނގަޅަށް ދެފަޅިއަށް ބައިވެފައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
މަލީހް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ސަރުކާރުގެ މަޤާމު ތަކާއި ނުފޫޒުތައް ދަށުވެ އެމްޑީޕީގެ ރައީސް އިބޫގެ ފަޅިވެސް ކުޑަ ނޫން ކަމަށާއި އަދި ރައީސް ނަޝީދަށް ވަފާތެރި ބައެއް މެމްބަރުންވެސް އޮން ބޯޑުކޮށްފި ކަމަށެވެ.
"އެމްްޑީޕީ އޮތީ ރަނގަޅަށް ދެފަޅިޔަށް ބައިވެފަ. ސަރުކާރުގެ މަޤާމު ތަކާއި ނުފޫޒުތައް ދަށުވެ އެމްޑީޕީގެ ރައީސް އިބޫގެ ފަޅިވެސް ކުޑަ ނޫން ކަމަށްވަނީ. ރައީސް ނަޝީދަށް ވަފާތެރި ބައެއް މެމްބަރުންވެސް އޮންބޯޑުކޮށްފި. ގްރާސް ރޫޓް އޮތީ ރ.ނަޝީދާއި އެކު. ބޮޑު ގޮންޖެހުމަކީ ޢާއިލީ ކޯޅުން." މަލީހް ވިދާޅުވިއެވެ.
މަލީހް ފާހަގަކުރެވިގެން ދަނީ މަގާމުން ވަކި ކުރުމުގެ މަސައްކަރް ފެށި ހިސާބުންނާއި ވަކި ކުރި ފަހުން ވެސް ސަރުކާރަށައި އެމްޑީޕީއަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް