އަންހެނަކަށް ވެގެން ޓިކްޓޮކުގައި އުޅުނު ދިވެއްސެއް ކަމަށްވާ އުމުރުން 36 އަހަރުގެ މުހައްމަދު ނަބީލް (ޔާޔާ)، އޭނާގެ ޓިކްޓޮކް އެކައުންޓް ޑިލީޓް ކޮށްލައި ޓިކްޓޮކާ ދުރަށް ހިނގައްޖެއެވެ.
ނަބީލް ބުނީ އޭނާގެ ޓިކްޓޮކް އެކައުންޓް ޑިލީޓް ކޮށްފައިވަނީ ބައްޕަގެ އެދުމުގެ މަތިން ކަމަށެވެ. ނަބީލް ބުނީ އެކައުންޓް ޑިލީޓްކޮށްލީ އަންހެން ހެދިގެން ފިލްޓާތައް ބޭނުން ކޮށްގެން ވީޑިއޯތައް ހަދައި ޓިކްޓޮކަށް ދޯކޮށްލުމުން އާންމުންގެ ފުރައްސާރައާ ކުރިމަތިލާންޖެހިފައި ވާތީ އާއި އޭގެ ސަބަބުން އާއިލާއަށް ވެސް ޕްރެޝަރ ބޮޑުވެފައި ވާތީ އާއިލާެއަށް އިތުރު ތުރާލެއް ޖެހެން ނޭދޭތީ ކަމަށެވެ.
ޓިކްޓޮކްއިން ނުފެނުނަސް އިންސްޓަގްރާމް އާއި ފޭސްބުކްއިން ފެނިގެންދާނެ ކަމަށް ނަބީލް ބުނެފައި ވެއެވެ. ނަބީލް ބުނީ އޭނާއަކީ ހަގީގީ ދިރިއުޅުމުގައި އެ ގޮތަށް އުލޭ މީހެއް ނޫން ކަމަށެވެ. ނަބީލް ބުނީ މިހާ ހިސާބުން އަންހެން ވެގެން ވީޑިއޯ ހެދުން ހުއްޓާލީ ކަމަށެވެ. މިއީ ގިނަ ބަޔަކަށް ލިބިގެން ދާނެ އުފާވެރި ޚަބަރެކެވެ،
ނަބީލް ބުނާ ގޮތުގައި އަދި ވެސް އޭނާ އެނބުރި އަތުވެދާނެއެވެ. އެކަމަކު އަންހެން ކެރެކްޓާ ދެން ނުފެންނާނެއެވެ.
ޓިކްޓޮކްގައި ނިވާކަން ކުޑަ ހެދުންލައިގެން ދިވެހިން އުޅޭ މައްސަލަ އާއި ޖިންސު އޮޅޭ ގޮތަށް ހެދުން އަޅާ މައްސަލަ މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފައެވެ. ނަމަވެސް، މިފަދަ މީހުން ހުއްޓުވުމަށް ދައުލަތުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން މާ އެދެވޭ ގޮތެއްގައި މަސައްކަތްތަކެއް ކުރާތަން ނުފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް