އެމްއެންޔޫއިން އަމަލުކުރަނީ އެމްޑީޕީން އަންގާ ގޮތަށް: ޑރ. އިޔާޒު

ދިވެހިރާއްޖޭގެ ގައުމީ އުނިވާސިޓީ (އެމްއެންޔޫ) ގެ މެނޭޖްމެންޓުން އަމަލުކުރަނީ އެމްޑީޕީން އަންގާ ގޮތަށް ކަމަށް އެ ޔުނިވާސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އ...

03 Jul 2021 | 05:31

ދިވެހިރާއްޖޭގެ ގައުމީ އުނިވާސިޓީ (އެމްއެންޔޫ) ގެ މެނޭޖްމެންޓުން އަމަލުކުރަނީ އެމްޑީޕީން އަންގާ ގޮތަށް ކަމަށް އެ ޔުނިވާސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒު މިހެން ވިދާޅުވެފައިމިވަނީ އެމްއެންޔޫގެ ލެކްޗަރަރގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓުތަކަކާ ގުޅިގެން އޭނާ އަށް ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެއްގައެވެ. އެ ޓްވީޓުތަކާ ގުޅިގެން އެމްއެންޔޫ އިން ވަނީ އަނގަބަހުންނާއި ލިޔުމުން ޒައިދަށް ނަސޭހަތް ދީފައެވެ.

ޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮށްފައިވާ ޓްވީޓްތަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޔުނިވާސިޓީން އޭނާއާ މެދު ފިޔަވަޅު އަޅައިފައިވާ ކަަމަށެވެ. އަދި ވަކީލު ކުރަނީ މާތްﷲއަށް ކަމަށާއި ބިރުވެތި ވަނީ ވެސް އެކަލާނގެއަށް ކަމަށް ޒައިދު ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެމްއެންޔޫގެ ވަޒީފާއިން ވަކިކުރި އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ގައުމީ ޔުނިވާސިޓީގެ މެނޭޖްމެންޓަކީ އެމްޑީޕީން އަންގާ ގޮތަކަށް އަމަލުކުރާ ބައެއް ކަމަށެވެ.

"ވީމަ، ފަހަރަކު ޝައިހެއް ކަނޑާ ހުސްކުރުމަކީ ދުރު ކަމެއް ނޫން" އިޔާޒު ވިދާޅުވިއެވެ.

އެމްއެންޔޫގެ ވައިސް ޗާންސިލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އިޔާޒު ވަކިކޮށްފައިވަނީ ތަފާތު އެކި ފަހަރުމަތިން ނަސޭހަތްދީގެން ވެސް އިސްލާހުނުވުމާ ގުޅިގެން ކަމަށެވެ.

އިޔާޒު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެއީ އިންސާފުވެރި ފިޔަވަޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ ނިންމުން މުރާޖައާ ކުރުމަށްވެސް އިމްރާން ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް