ޝިފާ އަނެއްކާ ވެސް ބުރުގާ އަޅައިފި؛ ބުނީ އާ ފެށުމެއް ކަމަށް!

އަރަމުން އަންނަ ބަތަލާ އަދި ޓިކްޓޮކްގައި މަގުބޫލް ކަމެއް ހޯދާފައިވާ މަރިޔަމް ޝިފާ ބުރުގާ އަޅައިފިއެވެ. ޝިފާ ބުރުގާ އެޅިކަން އޭނާ ވަނީ މީޑިޔާއަށް ކަށަަވަރުކޮށްދީފައެވެ. މިއީ ޝިފާ ބުރުގާ އެޅި ދެވަނަ ފަހ...

03 Jul 2021 | 05:08

އަރަމުން އަންނަ ބަތަލާ އަދި ޓިކްޓޮކްގައި މަގުބޫލް ކަމެއް ހޯދާފައިވާ މަރިޔަމް ޝިފާ ބުރުގާ އަޅައިފިއެވެ. ޝިފާ ބުރުގާ އެޅިކަން އޭނާ ވަނީ މީޑިޔާއަށް ކަށަަވަރުކޮށްދީފައެވެ.

މިއީ ޝިފާ ބުރުގާ އެޅި ދެވަނަ ފަހަރެވެ. މޯލްޑިވިއަން އައިޑޯޅްގެ ސީޒަނަކުން އާންމުންނަށް ތައާރަފުވި ޝިފާ އެ މުބާރާތުގައި ބައިވެރިވި އިރު ވެސް ހުރީ ބުރުގާ އަޅައިގެންނެވެ. އެ ފަހުން ކުއްލިއަކަށް ބުރުގާ ނެގި ސަބަބެއް ސާފު ވެފައެއް ނުވެއެވެ. ޓިކްޓޮކުން ފެނިގެން ދިޔަ އިރު އޭނާ ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

އަނެއްކާ ވެސް، ޝިފާ ބުރުގާ އަޅާފައިވާއިރު، މިއީ އާ ފެށުމެއް ކަމަށް އޭނާ ބުނެއެވެ. އަދި ބުރުގާ އެޅީ މަންމަގެ އެދުމެއް ފުރުހަމަކޮށްދޭން ކަމަށް ވެސް އޭނާ ބުނެއެވެ. ދާއިރާއިން ގެއްލިދާނެތޯ އުފެދޭ ސުވާލުގެ ޖަވާބަކީ އޭނާ މި ދާއިރާއިން ފެންނާނެއެވެ. ފިލުމުތަކުންނާއި ޓިކްޓޮކުން ވެސް ފެންނާނެއެވެ. އެކަމަކު ދެން ފެނިގެން ދާނީ ޔަގީނުން ވެސް ތަފާތު ޝިފާއެކެވެ. ކޮންމެކޮންމެ ރޯލަކުން އޭނާ ނުފެންނާނެއެވެ.

ބުރުގާ އެޅުމަށްފަހު ޝިފާ މިހާރު ވަނީ އޭނަގެ ފޭސްބުކް ޕްރޮފައިލް ފޮޓޯ ވެސް ބަދަލު ކޮށްފައެވެ. އެގޮތުން މިހާރު ޝިފާގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއާއި ކަވަރ ފޮޓޯގައި ވެސް ވަނީ ވަނީ ބުރުގާ އަޅައިގެން ހުރި ފޮޓޯއެވެ.

ޝިފާ ބުރުގާ އެޅުމުން ވަރަށް ޗާލު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ. އަދި މިއީ ހެޔޮ ބަދަލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އޭނާ އަށް ސާބިތުކަން ދެއްވާތޯ ދުއާ ވެސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް