މަސްވެރިކަމުގައި އުޅުނު މަސްދޯންޏެއް ބިންދައިގެން ގޮސްފި

މަސްވެރިކަމުގައި އުޅުނު އައްޑުއަށް ނިސްބަތްވާ ދޯންޏެއް ކަނޑުމަތިން ބިންދައިގެން ގޮސްފިއެވެ. ގާފު އޮންލައިންގައި ރިޕޯޓްކޮށްފައިވާގޮތުގައި ބިންދައިގެން ގޮސްފައިވަނީ އައްޑުއަށް ނިސްބަތްވާ "މޯހިރު" ނަމަކަ...

03 Jul 2021 | 03:44

މަސްވެރިކަމުގައި އުޅުނު އައްޑުއަށް ނިސްބަތްވާ ދޯންޏެއް ކަނޑުމަތިން ބިންދައިގެން ގޮސްފިއެވެ.

ގާފު އޮންލައިންގައި ރިޕޯޓްކޮށްފައިވާގޮތުގައި ބިންދައިގެން ގޮސްފައިވަނީ އައްޑުއަށް ނިސްބަތްވާ "މޯހިރު" ނަމަކަށްކިޔާ ދޯންޏެއް ކަމަށެވެ.

އަދި އެ ދޯނީގައި 25 ފަޅުވެރިން އޭރު ތިބި ކަމަށާއި މިހާރު ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށްވެސް ގާފު އޮންލައިންގައި ރިޕޯޓްކޮށްފައިވެއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން، އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ގއ. ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް މޭލު ބޭރުން، 25 މީހުންނާއެކު މަސްވެރިކަން ކުރަމުންދިޔަ "މޯހިރާ" ނަމަކަށް ކިޔާ ފައިބަރު ދޯނި، މޫސުން ގޯސްވެ ދޯނީގެ މެދުން ބިންދައިގެން ގޮސްގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މިކަމުގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 7:11 ހާއިރު ކަމަށްްވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް