އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިއެއް ކަމަށްވާ ސަނަމް ޕޫރީ އޭނާގެ ބޭންޑާއެކު ވަރަށް އަވަހަށް ރާއްޖޭގައި ޕާފޯމް ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ ޒުވާނުން، ހާއްސަކޮށް ގިނަ އަންހެނުންގެ އެދުމުގެ މަތިން ސަނަމް ޕުރީ އޭނާގެ ބޭންޑާއި އެކު ރާއްޖޭގައި ޕާފޯމްކުރުމަށް ހަމަޖެހިފައިވަ ކަމަށެވެ.
https://twitter.com/Ahmed_Adeeb/status/617028565838663680
މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަގުރޭ ރާޅުގަނޑު ސަރަހައްދުގައި ކަމަށް ޝޯގެ ޕޯސްޓަރުގައި ވެ އެވެ. އަދި މި ޝޯއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ގޮތުން ބާއްވާ ހާއްސަ ޝޯއަކާއި ވިޒިޓް މޯލްޑިވްސް އިޔާ 2016 ފާހަގަކުރުމުގެ ގޮތުން ބާއްވާ ޝޯއެއް ކަމަށްވެސް ޝޯގެ ޕޯސްޓަރުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް