ފުރަތަމަ މެޗުގައި ބަންގާޅު އަތުން ރާއްޖެ ބަލިވެއްޖެ

ސާބާ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބަންގާޅުންނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެއްޖެ އެވެ. ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްދާ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުގައ...

03 Jul 2015 | 18:16

ސާބާ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބަންގާޅުންނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެއްޖެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްދާ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ބަންގާޅު އަތުން ރާއްޖެ ބަލިވީ 65-76 ޕޮއިންޓުންނެވެ.

މިމަހުގެ 3 އިން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މާދަމާ ރާއްޖޭގެ ޓީމު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ހެނދުނު ނުކުންނަން ޖެހޭނީ ސްރީލަންކާއާާ ދެކޮޅަށެވެ. އަދި މާދަމާ އިރުއޮއްސޭއިރު ރާއްޖޭގެ ޓީމު ނުކުންނަންޖެހޭނީ ނޭޕާލްއާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ ސާބާ ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖެއަށް ލިބުނީ ހިތްދަތި ނަތީޖާތަކެކެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ބަލިވެ، ނިންމާލަން ޖެހުނީ އެންމެ ފުލުގައި އޮވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް