މުމްބާއީގައި މަހަކު 800 އަށްވުރެ ގިނަ މީހުން ގެއްލޭ: ރިޕޯޓް

އިންޑިއާގެ މުމްބާއީގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 800 އަށްވުރެ ގިނަ މީހުން ގެއްލޭކަމަށް މުމްބާއީ ފުލުހުން އާންމު ކުރި ރިޕޯޓަކުން ހާމަވެއްޖެ އެވެ. އެ ރިޕޯޓްގައި ވާގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގ...

03 Jul 2015 | 11:36

އިންޑިއާގެ މުމްބާއީގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 800 އަށްވުރެ ގިނަ މީހުން ގެއްލޭކަމަށް މުމްބާއީ ފުލުހުން އާންމު ކުރި ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އެ ރިޕޯޓްގައި ވާގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި 1،10،548 މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ވެ އެވެ. އޭގެ ތެރެއިން ގިނައިން ރިޕޯޓްކޮށްފައިވަނީ އުމުރުން ހަގު އަންހެންކުދިން ގެއްލިގެންނެވެ. އެ ރިޕޯޓްގައި ވާގޮތުން 10 އަހަރުގެ ތެރޭގައި ގެއްލުނު މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ހޯދާފަ އެވެ. ނުފެނި ވަނީ 10،108 މީހުންނެވެ.

އެ ރިޕޯޓްގައި ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ގެއްލުނު 10 އަހަރުތެރޭގައި ގެއްލިފައިވާ މީހުންގެ ތެރެއިން 18،547 މީހުންނަކީ އުމުރުން ހަގު އަންހެން ކުދިންނެވެ. 37،603 މީހުންނަކީ 18 އަހަރުން މަތީގެ އަންހެނުންނެވެ. އަދި 17،195 މީހުންނަކީ އުމުރުން ހަގު ފިރިހެންކުދިން ކަމަށާއި 37،202 މީހުންނަކީ ބޮޑެތި ފިރިހެނުންކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެ ރިޕޯޓްގައި ވާގޮތުން ގެއްލޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުން ފުލުހުންގެ މަސައްކަތުން ހޯދަ އެވެ.

އިންޑިއާގެ މުމްބާއީގައި މީހުން މެރުމާއި ވަގަށްނެގުމާއި ރަހީނު ކުރުން އިތުރުވެފައިވާއިރު މުމްބާއީ ފުލުހުން ބުނަނީ އެކަން އެންމެ ގިނައީ މުމްބާއީގެ ކުދި އަވަށްތަކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް