އިއްޔެ ވެއްޓުނު ސީޕްލޭން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި

އިއްޔެ ކަނޑަށްވެއްޓުނު ޓީއެމްއޭގެ ސީޕްލޭން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ. ސިފައން ބުނީ ސީޕްލޭން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވިންގ ޓީ...

03 Jul 2015 | 10:37

އިއްޔެ ކަނޑަށްވެއްޓުނު ޓީއެމްއޭގެ ސީޕްލޭން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

ސިފައން ބުނީ ސީޕްލޭން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވިންގ ޓީމެއް، ބޯޓު ވެއްޓުނު ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އެ ބޯޓުގެ ދެ ކަނދު ފިޔަވައި އެހެން ބައިތައް އަޑިއަށްގޮސްފައވާއިރު ކުއްލި ހާލަތުގައި ސީޕްލެއިން ޖެއްސީ ކަނޑެވެ.

ފްލައިޓް އަޑިއަށްގޮސްފައިވަނީ ދަތުރުކުރި ޕަސިންޖަރުންގެ ލަގެޖާވެސް އެކީގަ އެވެ. އެ ފްލައިޓްގައި 11 ފަސިންޖަރުންނާއި ތިން ކްރޫން ދަތުރު ކުރި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ އެ ބޯޓް ވެއްޓިފައި ވަނީ އެމަޖެންސީގައި ޖައްސަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް