ފަތުރުވެރިއެއްގެ ކޮޓަރިން ގިނަ އަދަދެއްގެ ޑޮލަރު ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި

ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓަށް ފަތުރުވެރިންގެ ކޮޓަރީގައި އޮތް ދަބަހަކުން 3200 ޔޫ.އެސް ޑޮލަރ ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު އެރިޒޯޓުން ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ޖުލައި 1 ވަނަ ދ...

03 Jul 2015 | 10:22

ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓަށް ފަތުރުވެރިންގެ ކޮޓަރީގައި އޮތް ދަބަހަކުން 3200 ޔޫ.އެސް ޑޮލަރ ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު އެރިޒޯޓުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ޖުލައި 1 ވަނަ ދުވަހު 11:30 ހާއިރު އޭދަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދިވެހި ދެ މުވައްޒަފުން ކަމަށެވެ. އެއީ 20 އަހަރުގެ ފިރިހެނަކާ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމައްސަލާއާއި ގުޅިގެން މިދެމީހުން ހައްޔަރު ކުރުމަށްފަހު، އެމީހުން ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާ ހޯދަން ކުރި މަސައްކަތުން މިފައިސާތަކުގެ ތެރެއިން 1600 ޔޫއެސް ޑޮލަރު ފެނިފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓުގެ ފުޓްބޯޅަ ދަނޑުކައިރީގައި ހުރި ގަސްތަކެއްގެ ދަށުގައި ވަޅުލާފައި ހުއްޓާ ކަމަށާއި ބާކީ ހުރި ފައިސާތަކުގެ ތެރެއިން 300 ޔޫއެސް ޑޮލަރާއި ވަގަށްނެގުމަށްފަހު މާރުކޮށް ދިވެހި ފައިސާއަށް ބަދަލުކޮށްފައިވާ 6290 ދިވެހި ރުފިޔާ ފެނިފައިވަނީ މިމައްސަލާގައި ހައްޔަރުކުރި އެކަކު ނިދާ ކޮޓަރި ތެރެއިން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށްބުނީ މިމައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރުމަށް 20 އަހަރުގެ މީހާއަށް 11 ދުވަސް އަދި 26 އަހަރުގެ މީހާއަށް އަށް ދުވަހުގެ ބަންދުގެ މުއްދަތު އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް