އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުޑަކުއްޖަކު ނިޔާވެއްޖެ

އިޒްރޭލު ސިފައިން މިއަދު ދިން ހަމަލާއެއްގައި ފަލަސްތީނުގެ އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ. ފަލަސްތީނުގެ ސެކިއުރިޓީ އަދި ސިއްހީ މަސްދަރުތައް ބުނާގޮތުން މުހައްމަދު ކޮސްބާ ނަމަކަށްކިޔާ އެ ކ...

03 Jul 2015 | 10:11

އިޒްރޭލު ސިފައިން މިއަދު ދިން ހަމަލާއެއްގައި ފަލަސްތީނުގެ އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.

ފަލަސްތީނުގެ ސެކިއުރިޓީ އަދި ސިއްހީ މަސްދަރުތައް ބުނާގޮތުން މުހައްމަދު ކޮސްބާ ނަމަކަށްކިޔާ އެ ކުއްޖާގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖެހީ އިޒްރޭލު ސިފައިންގެ ގަޔަށް އެ ކުއްޖާ ހިލަ އުކި ކަމަށް ބުނެ އެވެ.

ކޮސްބާ ނިޔާވީ އޭނާގެ ހަށިގަނޑަށް ދެ ވަޒަން އަމާޒުވުމުން ކަމަށާއި އެ ހާދިސާ ހިނގާފައިވަނީ ރާމަﷲގެ އުތުރުން ޤަލަންދިއާ ޗެކްޕޮއިންޓް ހިމެނޭ ސަރަހައްދުން ކަމަށްވެސް މަސްދަރުތަކުން ބުނެ އެވެ.

މަންޒަރު ދުއް ފަރާތަކުން ބުނެފައިވަނީ ކޮސްބާ ހިލައުކީ އިޒްރޭލުގެ ސިފައިންގެ ވެހިކަލަކަށްކަމަށާއި ވެހިކަލުން ފޭބި ސިފައިންގެ މީހަކު ކޮސްބާގެ ބޮލަށާއި މެއަށް ބަޑި ޖެހި ކަމަށެވެ.

އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު ބުނެފައިވަނީ ކޮސްބާގެ ގަޔަށް ބަޑިޖެހުމުގެ ކުރިން އިންޒާރު ދިނުމުގެ ގޮތުން މައްޗަށް ބަޑިޖެހިކަމަށެވެ. އަދި ކޮސްބާގެ ގަޔަށް ބަޑިޖެހީ ހިލައުކުން ހުއްޓައިނުލުމުން ކަމަށްވެސް އިޒްރޭލުގެ ތަރުޖަމާނު ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް