އެޗްއައިވީ ލޭއެޅި ލެބް ޓެކްނީޝަން މިނިވަންވެ އެނބުރި ގައުމަށް

އައިޖީއެމް ހޮސްޕިޓަލްގައި މާބަނޑު އަންހެން މީހެއްގެ ގަޔަށް ލޭ އެޅި ކަމަށް ތުހުމަތު ކުރެވޭ ޓެކްނީޝަންގެ މިނިވަންވެ އެނބުރި ގައުމަށް ގޮސްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. އިންޑިއާގެ ނޫސްތަ...

03 Jul 2015 | 09:01

އައިޖީއެމް ހޮސްޕިޓަލްގައި މާބަނޑު އަންހެން މީހެއްގެ ގަޔަށް ލޭ އެޅި ކަމަށް ތުހުމަތު ކުރެވޭ ޓެކްނީޝަންގެ މިނިވަންވެ އެނބުރި ގައުމަށް ގޮސްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ރާޖޭޝް ބާސްކަރު އިންޑިއާއަށް ގޮސްފައިވަނީ ބުދަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށާއި ރާޖޭޝްއަށް މަރުހަބާ ކިއުމަށް އިންޑިއާގެ ސޯޝަލް ޖަސްޓިސް މިނިސްޓަރު އެމްކޭ މުނީރާއި ރާޖޭސްގެ އަންހެނުން މަންޖޫ އަދި ދަރި އަރޫޝް އެއާޕޯޓަށް ދިޔަކަމަށެވެ.

މާބަނޑު އަންހެން މީހެއްގެ ގަޔަށް ލޭ އެޅި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގާ ޓެކްނީޝަންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމައި އަނބުރާ ޕީޖީއަށް ފޮނުވާލާފައިވަނީ މީގެ ހަމަސް ކުރިންނެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެ މައްސަލަ ބޭރުކޮށްލައި އަނބުރާ ޕީޖީއަށް މިއަދު ފޮނުވާލީ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށް ބުނެ އިތުރަށް ފުރިހަމަކޮށްގެން ދައުވާ ހުށަހެޅުމަށް އެދި ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުން ރާޖޭޝް އެނބުރި ގައުމަށް ގޮސްފައިވަނީ ގޭބަންދުގައި ހުރުމަށްފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް