މި އީދުގައި ގުޅުންތައް ބަދަހިކުރުމަށް އުރީދޫއިން ޚާއްޞަ އޮފާތަކެއް

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް އިލާނުކޮށްފިއެވެ. ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށ...

03 Jun 2025 | 12:49

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް އިލާނުކޮށްފިއެވެ.

ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް މި އީދުގައި އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.

އީދު އޮފާތައް:

ހިލޭ ޓިކްޓޮކް

  • އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާއާއެކު މި އީދުގައި އުފަލާ މަޖާ ޓިކްޓޮކް ހިއްސާކުރާށެވެ.

ސުޕަރނެޓް ގޭމަރ 100 އެޑް-އޮން

  • ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށޤ ހާއްސް ސްޕީޑް ބޫސްޓަރއެއް. 100 އެމްބީޕީއެސް ސްޕީޑް، 3 ގަޑިއިރަށް އެންމެ 50 ރުފިޔާއަށް. މި އެޑްއޮން އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ

ވެލިއު ޑެއިލީ ޕެކް – އެއް ދުވަހަށް 125 ޖީބީ ޑޭޓާ

  • ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގިދާއެއެވެ.
  • އެއް ދުވަހަށް 125 ޖީބީ ލިބޭ މި ޕެކް ގެ އަގަކީ 75 ރުފިޔާއެވެ

ވެލިއު ޝެއާ ޕެކް - 100 ޖީބީ

  • މި އީދުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެލިއު ޝެއާ ޕެކް
  • މިއީ ޖުމްލަ 100 ޖީބީ، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ހިމެނޭ ޕެކެކެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ 2 ޕްރީޕެއިޑް ނަންބަރަށް ކޮންމެ މީހަކަށް 30 ޖީބީ

މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ

  • މަގޭ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ.
  • ބޯނަސް ޑޭޓާ ލިބޭ ޕްލޭން ތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750

އާޗާ ޕްލޭންއަށް އީދު ހަދިޔާ

  • އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބިގެންދާނެއެވެ.

އަޟްޙާ ޢީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ޙިއްޞާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި އުރީދޫއިން ބުނެފައިވެއެވެ. އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި މިފަދަ ހާއްސަ އޮފާރތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށާއި ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް މި އޮފާތައް އެކްޓިވޭޓްކޮށްލެވޭނެ ކަމުގައިވެސް އުރީދޫއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް