ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްޤީ ކުރަން ފެށިނަމަވެސް އެ ކުންފުންޏަށް ކުރިއަށް ގެންގޮސް ނިންމައިނުލެވުނު ފްލެޓްތައް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއި ހަވާލުކޮށްފިއެވެ.
"ދަ ގާޑަންސް" ގެ ނަމުން ނަންދީފައިވާ އެ ޕްރޮޖެކްޓްގެ މަސައްކަތް ޖާހު ކުންފުނިން ފެށީ 2017 ވަނަ އަހަރުގައެވެ. އޭރު އެ މަސައްކަތް ފެށީ ދެ އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.
ޕްރޮޖެކްޓަށް އަށް އަހަރު ވީ އިރުވެސް ފްލެޓްތައް ނިމިފައިނުވާއިރު އެ ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކުން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އިހުތިޖާޖުތައް ކުރިއަށް ގެންދިޔައެވެ.
މައްސަލަ ބޮޑުވުމުން އެޗްޑީސީއިން އެންމެ ފުރަތަމަ މީގެ ދެ އަހަރު ކުރިން، ޖާހަށް 30 ދުވަހުގެ މުއްދަތެއް ދިނެވެ. އަދި އެއަށްފަހު 45 ދުވަހުގެ މުއްދަތެއްވެސް ދިނެވެ. އެންމެ ފަހު ފުރުސަތު ދިނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
"ދަ ގާޑަން" ފުލެޓު ޕްރޮޖެކްޓް އަތުލަން އެޗްޑީސީއިން ނިންމުމުން ޖާހުން އެ މައްސަލައިގާ ކޯޓަށް ދިޔައެވެ. އެހެންނަމަވެސް ޖާހަށް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.
ފުލެޓުތައް ނިންމަން އާރްސީސީއާއި ހަވާލުކުރިނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އަދި އެޗްޑީސީއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް