އޭސީ މިލާން ލޫކާ މޮޑްރިޗް ސޮއިކުރުމުގެ ހުވަފެން ދެކެމުންދާ ކަމަށް ފަބްރީޒިއޯ ރޮމާނޯ ބުނެފި

ޓްރާންސްފަރ މާހިރު ފަބްރީޒިއޯ ރޮމާނޯ ބުނާ ގޮތުގައި، އޭސީ މިލާނުން ދަނީ ލެޖެންޑަރީ ކްރޮއޭޝިއަން މިޑްފީލްޑަރ ލޫކާ މޮޑްރިޗް ސޮއިކުރުމުގެ ފުރުސަތު ބަލަމުންދާ ކަމަށް ރިޕޯޓުކުރެވިފައެވެ. އިގްލި ޓާރެ އާއި މެ...

03 Jun 2025 | 01:29

ޓްރާންސްފަރ މާހިރު ފަބްރީޒިއޯ ރޮމާނޯ ބުނާ ގޮތުގައި، އޭސީ މިލާނުން ދަނީ ލެޖެންޑަރީ ކްރޮއޭޝިއަން މިޑްފީލްޑަރ ލޫކާ މޮޑްރިޗް ސޮއިކުރުމުގެ ފުރުސަތު ބަލަމުންދާ ކަމަށް ރިޕޯޓުކުރެވިފައެވެ.

އިގްލި ޓާރެ އާއި މެކްސިމިލިއާނޯ އެލެގްރީ މިހާރު އައު ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، ކުލަބުން ދަނީ ގެންނަ އަދި ފޮނުވާލާ ކުޅުންތެރިންގެ ޕްލޭންތައް ހަދަމުންނެވެ. މިލާންގެ އެތެރޭގެ މަޝްވަރާތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަމަކީ މޮޑްރިޗްއެވެ. މޮޑްރިޗްއަކީ ކުރިން ޓޮޓެންހެމް ހޮޓްސްޕަރގައި ކުޅެފައިވާ އަދި އެންމެ ފަހުން ރިއަލް މެޑްރިޑްގައި ދިގު މުއްދަތަކަށް ތަރިއެއްގެ ގޮތުގައި ހުރި ކުޅުންތެރިއެކެވެ.

ރޮމާނޯ ރިޕޯޓުކުރާ ގޮތުގައި ރޮސޮނެރީގެ އިސް އެގްޒެކެޓިވްއެއް 38 އަހަރުގެ މޮޑްރިޗް މިލާނަށް ގެނައުމުގެ "ހުވަފެން" ދެކެމުންދެއެވެ. މިއިން ދޭހަވަނީ މޮޑްރިޗްގެ ނަން އެ ކްލަބްްގެ ޓްރާންސްފަރ ބައްދަލުވުންތަކުގައި ސީރިއަސްކޮށް ދެކެވެމުންދާކަމެވެ.

މެޑްރިޑް ދޫކޮށްލިފަހުން ދުވަސްވީ މި މިޑްފީލްޑަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ ކުލަބުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، ދެން ކުޅޭނެ ކުލަބެއް ނިންމުމާއިމެދު މިވަގުތު އޭނާ އަވަސްވެގަތުމެއް ނެތެވެ.

މޮޑްރިޗްއަކީ ތާރީހު ދުތް އެންމެ ރަނގަޅު މިޑްފީލްޑަރުންގެ ތެރެއިން އެކަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް