އުރީދޫ ފަން ރަން 2025 އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހި، ރަޖިސްޓްރޭޝަން ހުޅުވާލައިފި

ރާއްޖޭގެ އެންމެ އުފާވެރި ދުވުން ކަމަށްވާ އުރީދޫ ފަން ރަން 2025 އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހި، ރަޖިސްޓްރޭޝަން ހުޅުވާލައިފިކަމަށް އުރީދޫ މޯލްޑިވްސްއިން މިއަދު އިއުލާނުކޮށްފިއެވެ. މި އަހަރުގެ އުރީދ...

02 Jun 2025 | 19:34

ރާއްޖޭގެ އެންމެ އުފާވެރި ދުވުން ކަމަށްވާ އުރީދޫ ފަން ރަން 2025 އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހި، ރަޖިސްޓްރޭޝަން ހުޅުވާލައިފިކަމަށް އުރީދޫ މޯލްޑިވްސްއިން މިއަދު އިއުލާނުކޮށްފިއެވެ. މި އަހަރުގެ އުރީދޫ ފަން ރަން އައްޑޫ ސިޓީ މަރަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވީ، "އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އާންމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތް ކަމަށްވާތީ، މިފަހަރު އައްޑޫ ސިޓީގެ ރައްޔިތުންނަށް މި ތަޖުރިބާ ފޯރުކޮށްދިނުމަށް ނިންމީ" ކަމަށެވެ.

މި އަހަރުގެ ފަން ރަން 27 ޖޫން 2025 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެއެވެ. އެއީ 210 ރުފިޔާއަށް ލިބޭ ސްޓޭންޑަޑް ކިޓާއި 110 ރުފިޔާއަށް ލިބޭ ފަން ކިޓެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވެވޭނެއެވެ. 5 ކިލޯމީޓަރުގެ މި ކުރު ދުވުމުގައި ތަފާތު މަޖާ ހަރަކާތްތަކެއް ހިމެނޭނެއެވެ. ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ސްޓޭޝަންތަކުގައި ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވުނު ފަން ރަންގައި 6500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.

ރަޖިސްޓްރޭޝަން ހުޅުވާލާފައިވަނީ 16 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ. ޖާގަ ފުރުމުގެ ކުރިން މޫލީ މެދުވެރިކޮށް ރަޖިސްޓަރ ވުމަށް އުރީދޫއިން އިން ވަނީ ހުރިހާ ފަރާތްތަކަށް ދައުވަތު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް