ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އަދި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުޤައްރިރުކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އައްޔަންކުރައްވައިފިއެވެ.
ކޮމިޓީތައް އެކުލަވާލައި ކޮމިޓީތައް މިއަދު ފާސްކޮށްފައިވާއިރު 241 ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް އައްޔަންކޮށްފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއެވެ.
އެ ކޮމިޓީގައި ދެން ތިއްބަވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޠިމް އާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފާއި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރާއި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤާއި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިޤާއި ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޠިމާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުގެ އިތުރުން މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މުޙައްމަދެވެ.
މާލިއްޔަތު ކޮމިޓީގެ ނައިބު މުޤައްރިރަކަށް އައްޔަންކޮށްފައިވަނީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
ދެން އެ ކޮމިޓީގައި ތިއްބަވަނީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއާއި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގާއި ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޠިމާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲ ގެ އިތުރުން ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް