އިސްލާމާއި ދިވެހި އަދި އިނގިރޭސިއާއި ހިސާބު މާއްދާ މަޖްބޫރުކަމަށް ކަނޑައަޅައި އެކަން ސްކޫލްތަކަށް އަންގައިފި

އޯ ލެވެލް ގައި ބައިވެރިވާ ދަރިވަރުންނަށް ހަތަރު މާއްދާ މަޖުބޫރު މާއްދާގެ ގޮތުގައި ކަަނޑައަޅައި، އެޑިއުކޭޝަންއިން ހުރިހާ ސުކޫލުތަކަށް އަންގައިފިއެވެ. އިސްލާމު، ދިވެހި، ހިސާބު، އިނގިރޭސި ހަތަރު މާއްދާ މ...

03 Jun 2024 | 10:55

އޯ ލެވެލް ގައި ބައިވެރިވާ ދަރިވަރުންނަށް ހަތަރު މާއްދާ މަޖުބޫރު މާއްދާގެ ގޮތުގައި ކަަނޑައަޅައި، އެޑިއުކޭޝަންއިން ހުރިހާ ސުކޫލުތަކަށް އަންގައިފިއެވެ.

އިސްލާމު، ދިވެހި، ހިސާބު، އިނގިރޭސި ހަތަރު މާއްދާ މަޖުބޫރު މާއްދާއަށް ހަދަން ނިންމާ އެޑިއުކޭޝަން އިން ވަނީ ޕްރައިވޭޓް ސުކޫލުތަށް ހިމެނޭހެން ހުރިހާ ސުކޫލުތަކަށް އަންގާފައެވެ.

އެޑިއުކޭޝަންއިން ސުކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ރާއްޖޭގެ ސުކޫލުތަކުން ތައުލީމް ހާސިލްކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލްކުރަން ޖެހޭ މިންވަރަށް ތައުލީމު ހާސިލްކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭނެ ކަމަށެވެ.

މި ސާކިއުލާގައިވާ ގޮތަށް 2020 ޖެނުއަރީ22 ގައި ނެރުނު ސާކިއުލާގައިވެސް އިރުޝާދު ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މީގެއިތުރުން އެޑިއުކޭޝަނުން ބުނީ ދިވެހިރާއްޖޭގެ ހުރިހާ ދަރިވަރުންވެސް މަޖުބޫރު4 މާއްދާގައި ބައިވެރިވުމަކީ އެ މިނިސްޓްރީގެ ސިޔާތުކަމަށެވެ.

މި އުސޫލުގެމަތިން ފާހަގަކުރެވޭ ދަރިވަރުންނާއި މެދު ވަކި ގޮތެއް ނިންމާނީ އެ މިނިސްޓްރީން މަޝްވަރާކުރުމަށް ފަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

މި ސިޔާސަތު ދަރިވަރުން އަދި ބެލެނިވެރިންނާ ސްކޫލުތަކުން ހިއްސާކޮށް، ހުރިހާ ދަރިވަރުން މަޖުބޫރު 4 މާއްދާގައި ބައިވެރިވާކަން ކަށަވަރުކުރުމަށް އެޑިއުކޭޝަނުން ވަނީ ސުކޫލުތަކަށް އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް