އެންމެ ފަހުގެ ކަރަންޓު ބިލުގެ ޝަކުވާއަށް ހުޅުވާލުމުން މިހާތަނަށް ހަ ސަތޭކައަށްވުރެ ގިނަ ކޯލާއި ހަ ހާހަށްވުރެ ގިނަ މެސެޖު ލިބިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެގޮތުން މިއަދު ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ބިލްތަކާއި ގުޅިގެން މިހާތަނަށް ޝަކުވާގެ ގޮތުގައި 659 ފޯނު ކޯލާއި 6135 މެސެޖު ލިބިފައިވާކަމަށެވެ. މެސެޖުތައް ލިބިފައިވަނީ ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ.
ހުރިހާ ފޯނުކޯލަކަށް އެޓެންޑް ވެފައިވައިރު ކުރިންވެސް ހާމަކޮށްފައިވާގޮތަށް ހުރިހާ ޝަކުވާއަކަށްވެސް 24 ގަޑިއިރުގެ ތެރޭގައި އެޓެންޑްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހު ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ބިލުތަކާއ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލިންގ ނަންބަރު 7788438 އަށް ހުށަހެޅުން އެދޭކަމަށެވެ. ޝަކުވާތައް ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް އެ ނަމްބަރަށް ހުށަހެޅޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަދި މެއިލް މެދުވެރިކޮށްނަމަ [email protected] އަށް ޝަކުވާ ހުށަހެޅިދާނެކަމަށްވެސް ސްޓެލްކޯއިން މިއަދު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް