މިޔަރު ހަމަލާގައި ނިޔާވި ޒައިދާން ހަށިގަނޑު އުނގޫފާރަށް

އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ތަމްރީނެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތައްކަށް ފަރުވާހޯދަމުންދަނިކޮށް ނިޔާވި ޒައިދާންގެ ހަށިގަނޑު އޭނާގެ އުފަންރަށް ރ. އުނގޫފާރަށް ...

03 Jun 2024 | 07:06

އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ތަމްރީނެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތައްކަށް ފަރުވާހޯދަމުންދަނިކޮށް ނިޔާވި ޒައިދާންގެ ހަށިގަނޑު އޭނާގެ އުފަންރަށް ރ. އުނގޫފާރަށް ގެންގޮސްފިއެވެ.

ރަސްމީ ޢިއްޒަތުގައި ރ. އުނގޫފާރަށް ޒައިދާންގެ ހަށިގަނޑު ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ޒައިދާން އަށް މިޔަރެއް ހަމަލާދިނީ އެމްއެންޑީއެފްގެ ކައްދޫ ޕޯސްޓުން ކުރިއަށްގެންދިޔަ ތަމްރީނެއްގައި ލ. މާވަށް ކައިރި މޫދުގައި އުޅުނު ވަގުތެއްގައެވެ.

ޒައިދާންގެ ފައިގެ ކުޑަކަޅުވާ މަސްގަނޑާއި ފަލަމަސްގަނޑަށް މިޔަރު ދިން ހަމަލާއާއިގުޅިގެން ފަރުވާދެމުންގެންދިޔައީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެވެ.

ފަރުވާދެމުންދިޔަނަމަވެސް ލޭ މަނާނުކުރެވި ޒައިދާން ނިޔާވީ ރޭގެ 08:40 ހާއިރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް