އައްޑޫ ސިޓީގެ ސާފު ބޯފެނުގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭނީ ރައީސް އިބްރާހިމް ސަރުކާރުން ކަމުގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ އައްޑޫ ސިޓީ ފެނުގެ މައްސަލައިގާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި، އައްޑޫ ސިޓީ ފެނާއި ގުޅޭ ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އަޒާން ވިދާޅުވީ އެކަން ހައްލު ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އެމްޑަބްލިއެސްސީ މެދުވެރިކުރައްވައި އާ ޕްރޮޖެކްޓެއް ފަށާފައިވާއިރު މި ޕްރޮޖެކްޓް ނިމޭއިރު އައްޑޫ ސިޓީގައި ފެން ރައްކާ ކުރެވޭ ނިސްބަތް 10 ގުނަ އިތުރުވެ އަދި ފެން އުފައްދާ ނިސްބަތް ހަތަރު ގުނަ އިތުރުކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިހާރުން މިހާރަށް މައްސަލަ ހައްލުކުރުމަށް އިތުރު ބޯހޯލެއް ތޮރުފައި މައްސަލަ މިހާރުން މިހާރަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު ނިމިދިޔަ ސަރުކާރުންވަނީ ފެނަކަ ހަތަރު ބިލިޔަނުން ދަރުވާލާފައި ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ކުރީގެ ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިންގެ އިހުމާލު އޮތްތޯ ބެލުމަށްވެސް އަޒާން ގޮވާލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް