އައްޑޫ ސިޓީ ފެނުގެ މައްސަލައިގާ ކުއްލި މައްސަލައެއް – ތަޅުމުން ފާސްވެ ބަހުސް ކުރިއަށް

އައްޑޫ ސިޓީ ފެނުގެ މައްސަލައިގާ ވަގުތުން ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ބަލައިގަންނަން ފާސްވެ ބަހުސް މަރުހަލާ ފަށައިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ އައްޑ...

03 Jun 2024 | 04:56

އައްޑޫ ސިޓީ ފެނުގެ މައްސަލައިގާ ވަގުތުން ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ބަލައިގަންނަން ފާސްވެ ބަހުސް މަރުހަލާ ފަށައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.

މި މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފާސްވީ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން މިއަދު ޖަލްސާއަށް ހާޒިރުވި 86 މެންބަރުންގެ ތެރެއިން ފެންނަކަމަށް 83 މެންބަރުންގެ ވޯޓާއި އެކުގައެވެ. ވޯޓުގައި ބައިވެރިވީވެސް 83 މެންބަރުންނެވެ.

މައްސަލަ ހުށަހަޅުއްވައި ބަހުސް މަރުހަލާގައި ނާޒިލް ވިދާޅުވީ އައްޑޫ ސިޓީއަށް ސާފު ބޯފެނުގެ ދަތިކަން ކުރިމަތިވެފައިވާތާ ދެ މަސް ދުވަސްވެފައިވާކަމަށާއި ހައްލު ބޭނުންވާކަމަށެވެ.

މިކަން ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ނުކުޅެދިފައިވާއިރު ޒިންމާވާނެ ފަރާތެއްވެސް ނޭނގޭ ކަމަށާއި މިއީ އަސާސީ ހައްގެއް ކަމުގައިވާއިރު މި މައްސަލަ ވަގުތުން ވަގުތަށް ހައްލުކޮށްދިނުމަށް ނާޒިލްގެ ކުއްލި މައްސަލައިގާ ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް