އުޅިއަށި ބޯޓު އަޑިއަށް – ބިލެއްފަހި ރައްޔިތުން ނިކުމެ އެހީވުމުގައި

މާލެއިން ފުރައިގެން ށ. އަތޮޅަށް ދަތުރުކުރަމުންދިޔަ އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު ދިޔަވަމުން އެބަ ދެއެވެ. ބޯޓުގެ ބޮޑުބައެއް އަޑިއަށް ގޮސްފައިވާއިރު ބޯޓު ދިޔަވާން ފެށީ އެ ބޯޓު ށ. ބިލެއްފަހި ބ...

03 Jun 2024 | 04:21

މާލެއިން ފުރައިގެން ށ. އަތޮޅަށް ދަތުރުކުރަމުންދިޔަ އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު ދިޔަވަމުން އެބަ ދެއެވެ.

ބޯޓުގެ ބޮޑުބައެއް އަޑިއަށް ގޮސްފައިވާއިރު ބޯޓު ދިޔަވާން ފެށީ އެ ބޯޓު ށ. ބިލެއްފަހި ބަނދަރަށް ވައްދަން އުޅުމުގެ ތެރޭގައި ނެރުގެ ފައިކަށީގައި ޖެހިގެންނެވެ. އެހެންނަމަވެސް ދޯނި ބަނދަރާއި ގާތް ކުރެވޭވަރުވެފައިވާއިރު މިހާރު ދޯނީގެ ބޮޑުބައެއް ވަނީ އަޑިއަށް ގޮސްފައެވެ.

ބިލެއްފަހި ކައުންސިލުން ބުނެފައިވާގޮތުގައި ށ.ކަނޑތީމް އުޅިއަށި ބޯޓު ރަށުގެ ނެރުތެރެއިން ވަދެގެން އަންނަނިކޮށް  ނެރުގެ އެއްފަރާތަށް ބީހި ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓަށް ދިޔަވަމުން އަންނައިރު ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންގެ އެހީތެރިކާމައެކު މިހާރު ބޯޓުން މުދާ ހުސްކުމުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށެވެ.

އުޅިއަށި ބޯޓަކީ މާލެއާއި ށ. އަތޮޅާއި ދެމެދު މުދާ އުފުލާ ބޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް