އައްޑޫ ނޭޗަރ ޕާކުގެ ގޮނޑުދޮށަކަށް ލައްގާފައި އޮތް ކޯމަހެއް އެ ޕާކުގެ މުވައްޒަފުންގެ މަސައްކަތުން ސަލާމަތްކޮށްދީފިއެވެ.
އެ ޕާކުން މިރޭ ބުނެފައިވާގޮތުގައި ކޯމަސް ލައްގާފައިވާކަން އެނގުނީ އިރުއޮއްސެން ގާތްވެފައިވަނިކޮށެވެ.
"ތެތް ތުވާއްޔާއި ބާލިދީ ބޭނުންކޮށްގެން ކޯމަސް ތެތްކަންމަތީ ބާއްވައި ފުންކުރެވޭތޯ މަސައްކަތް ކުރަމުންދިޔައީ" އެ ޕާކުން ބުނެފައިވެއެވެ.
އެގޮތުން ގަދަ ރާޅާއި އޮޔާއި ދެކޮޅަށް ކުރި މަސައްކަތުން ކޯމަސް ފުންކުރެވުނީ މިރޭ 07:30 ހާއިރު ކަމަށްވެސް އެ ޕާކުން ބުނެފައިވެއެވެ.
ކޯމަސް ފުން ކުރެވުނު ނަމަވެސް އޮއިވަރު ހުރި ގޮތުންނާއި ކޯމަސް ގިނައިރު ހިކިފަސްތާނގައި އޮތުމުންނާއި އަނިޔާއެއް ލިބިފައިވެދާނެކަމަށް ބަލައި އަދި އަލުން އެ ކޯމަސް ލައްގަފާނެކަމަށް ބަލައި އެ ސަރަހައްދު މޮނީޓަރ ކުރަމުން ގެންދާނެކަމަށްވެސް އައްޑޫ ނޭޗަރ ޕާކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް