ޑިމޮކްރޭޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓު އާންމުވެ، ސަރުކާރުން ބިރު ދައްކާ ކަމުގެ ތުހުމަތު

ދަ ޑިމޮކްރޭޓްސް ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އިރު ސޮއި ކޮށްފައިވާ މީހުންގެ ލިސްޓު އާންމުވި މައްސަލަ އެ ޕާޓީ އުފައްދަން މަސައްކަތް ކުރާ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ. އެ ޕ...

03 Jun 2023 | 16:13

ދަ ޑިމޮކްރޭޓްސް ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އިރު ސޮއި ކޮށްފައިވާ މީހުންގެ ލިސްޓު އާންމުވި މައްސަލަ އެ ޕާޓީ އުފައްދަން މަސައްކަތް ކުރާ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ ޕާޓީ އުފެއްދުމަށް 3،500 މީހުންގެ ސޮއި ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ސޮއި ކުރި މީހުންގެ ލިސްޓު އީސީގެ ވެބްސައިޓުގައ އާންމު ނުކުރަނީސް އެ ލިސްޓު އާންމުވެފައިވާ ކަމަށެވެ. އެގޮތުން ލިސްޓު ސަރުކާރުގެ އެި ފަންތީގެ އޮފިޝަލުންގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އެ އޮފިޝަލުން ގެންދަވަނީ ސޮއި ކުރި މީހުންނަށް ގުޅައި ބިރު ދައްކަމުން ކަމަށެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ލިސްޓު ލީކުވެފައިވަނީ އީސީގެ ތެރެއިންނެވެ. އެހެންވެ އެ ކޮމިޝަނަށާއި ފުލުހުންނަށް އެ މައްސަލަ ބަލައި ދިނުމަށް ވަނީ ހުށަހަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް