އުރީދޫ ނެޝަން ޕަބްޖީ ޗެމްޕިއަންޝިޕް ވައިލްޑް ކާޑު ސީރީޒްގެ ފައިނަލް މެޗުތައް ޖޫން 2، 2023 ގައި ފަށައިފި އެވެ.
އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްއަށް ކޮލިފައި ވެވޭ ފަހުގެ ފުރުސަތުގެ ގޮތުގައި ކުރިއަށް ދާ މި ފޯރިގަދަ މުބާރާތުން ގަދަ 7 ޓީމަކަށް 100،000ރ ގެ އިނާމަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވައިލްޑް ކާޑު ސީރީޒް ގެ މެޗުތައް 27 މެއި 2023 ވަނަ ދުވަހުގެ ރޭ 8:00 ގައި ފެށިއިރު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް ޖުމްލަ 48 ޓީމަކުން ވަނީ ބައިވެރިވެފައެވެ. 16 ޓީމުގެ ތިން ގްރޫޕަކަށް ބަހާލެވިގެން ކުރިއަށް ދިޔަ ގްރޫޕް ސްޓޭޖްގެ މެޗުތަކުގައި ކުޅުންތެރިން ވަނީ ހުނަރު ދައްކާލާ ވަރުގަދަ ހަނގުރާމަތަކަކަށް ފަހު 30 ޓީމަކުން ސެމީ ފައިނަލް މެޗުން ޖާގަ ހޯދިއެވެ. މުބާރާތުގެ މިހިސާބަށް އައި އިރު ވާދަ ކުރާ ޓީމުތަކުގެ އުކުޅުތައް ދެނެގަނެ ކޮންމެ ޓީމަކުންވެސް ސެމީ ފައިނަލް މެޗުތަކުގައި ވަރުގަދަ ސްޓރެޓެޖީ އާއި ހިތްވަރާއެކު ހުނަރުވެރި ކުޅުމެއް ދައްކާ 16 ޓީމަކުން ވަނީ ފައިނަލް މެޗްތަކުން ޖާގަ ހޯދާފައެވެ.
މިހާރު ކުރިއަށް ދާ ޕަބްޖީ މޯލްޑިވްސް ޗެމްޕިއަންޝިޕް ވައިލްޑް ކާޑް ސީރީޒްގެ ގްރޭންޑް ފިނާލޭގައި ކާމިޔާބީހޯދުމަށް ވާދަކުރާ އެންމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައި ޓީމް އޭޖެންޓްސް، ބީޑީވީޒެޑް އެސްޓެރޮއިޑްސް، ބީޑީވީޒެޑް ބީޒެޑްޖީ، ބީޑީވީޒެޑް އެވަގްލޯ، ކޮސް އީސްޕޯޓްސް، ޑީއެމްޓީ، ގޭމްއޯވަރ އީސްޕޯޓްސް، ގޯޓް އަކަޒާޔާ، ޖާނުން ފިދާ، ރެއިން، އާރްޖީސީ ސެވޭޖް، އާރްޖީސީ ސިންޑިކޭޓް، އެސްޑީއެމްޒެޑް ސަޔަނައިޑް، ޓްރެންކުއިލިޓީ، ޓައިފޫން އަދި ޑަބްލިއު ޓީ ފަންކް އީސްޕޯޓްސް ހިމެނެއެވެ.
2 ޖޫން 2023 ގެ ރޭ ފެށިގެން ކުރިއަށް ދާ ވައިލްޑް ކާޑް ސީރީޒްގެ ފުރަތަމަ ފައިނަލް މެޗުތަކުގައި ޓްރެންކުއިލިޓީ، ގޭމްއޯވަރ ސްޕޯޓްސް އަދި ބީޑީވައިޒެޑް ބީޒެޑްޖީ އިން ވަނީ އެ މީހުންގެ ތަފާތު ހުނަރު ދައްކާލައި، ޗިކަން ޑިނާގެ ނަސީބުވެރިންގެ ޖާގަ ހޯދާފައެވެ. ޖާނޫން ފިދާ، ގޯޓް އަކަޒާޔާ، ޓައިފޫން އަދި އާރްޖީސީ ސިންޑިކޭޓުން ވަނީ އެ ޓީމުގެ ހުނަރު ދައްކައި ގަދަ 7 ޓީމުގެ ތެރޭގައި ޖާގަ ހޯދާފައެވެ. އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރަން ބާކީ ތިބި ޓީމުތައް ކަނޑައަޅާނީ ފައިނަލްގެ ކުރިއަށް އޮތް މެޗުތަކުންނެވެ.
މިރޭ އަދި މާދަމާ ރޭ ކުރިއަށް ދާ ވައިލްޑް ކާޑް ސީރީޒް ފައިނަލް މެޗުތައް ލައިވްކޮށް ރޭގަނޑު 8:00 ޖަހާއިރު އުރީދޫ ނޭޝަން ފޭސްބުކް ޕޭޖް ނުވަތަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް