ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިކަން ހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން މީޑީއާ ތަކަށް ފޮނުވި މެސެޖެއްގައި މިއަދު ބުނީ ރޭ 11:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލާގައި ހައްޔަރުކުރީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހައިދީފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް