ބުރިޖު މަތިން ކާރެއްގައި ރޯވެއްޖެ

ސިނަމާލެ ބުރިޖް މަތީގައި ދުއްވާފައިދިޔަ ކާރެއްގައި ރޯވެއްޖެއެވެ. މިކަން ހާމަކޮށް ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބްރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމަށެވ...

03 Jun 2023 | 12:05

ސިނަމާލެ ބުރިޖް މަތީގައި ދުއްވާފައިދިޔަ ކާރެއްގައި ރޯވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބްރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

އަދި ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ ޓެކްސީއެއްގައެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި މި ކާރުގައި ރޯވެފައިވަނީ ހުޅުމާލެއާއި ބުރިޖު ގުޅޭ ޓްރެފިކް ލައިޓް ކައިރީގައެވެ.

އަދި މަންޒަރު ފެންނަގޮތުގައި އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ އަލިފާން ނިއްވާ ލޮރީއެއްވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް