ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މިކަން ހާމަކޮށް ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގދ. ތިނަދޫ ގެއެއްގެ ތެރޭގައި 48 އަހަރުގެ ބިދޭސީ ފިރިހެނަކު ނި...

03 Jun 2023 | 11:14

ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގދ. ތިނަދޫ ގެއެއްގެ ތެރޭގައި 48 އަހަރުގެ ބިދޭސީ ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު13:30 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ގެއެއްގެ ތެރޭގައި ބިދޭސީ އަކު މަރުވެފައިވާ ކަން ފުލުހުން ހާމަކޮށްފައިވީ ނަމަވެސް އޭނާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ނޫނީ ޝައްކުކުރެވޭ ކަންތައްތަކެއް ފެނިފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް