މޫސުން ގޯސް، ނެރެފައިވާ ވައިޓް އެލާޓުގެ ވަގުތު އިތުރު ކޮށްފި

މޫސުން އިތުރަށް ގޯސްވެފައި ނެރެފައިވާ ވައިޓް އެލާޓުގެ މުއްދަތު އިތުރު ކޮށްފި އެވެ. އެލާތު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް މިއަދު ހެނދުނު8:30 ން ...

03 Jun 2023 | 09:23

މޫސުން އިތުރަށް ގޯސްވެފައި ނެރެފައިވާ ވައިޓް އެލާޓުގެ މުއްދަތު އިތުރު ކޮށްފި އެވެ.

އެލާތު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް މިއަދު ހެނދުނު8:30 ން ފެށިގެން އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.

މެޓް އޮފީހުން ވަނީ ވައިޓް އެލާޓުގެ ވަގުތު2:30 ން ފެށިގެން މިރޭ8:30 ހާއި ހަމައަށް އިތުރު ކޮށްފައި އެވެ.

މެޓުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ އެވެ.

އެ ސަރަހައްދުގެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް