ހައްޖާއި އުމުރާއަށް ދާ ފަރާތްތަަކަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ރާއްޖެއިން ހައްޖާއި އުމްރާއަށް ފުރާ ފަރާތްތަކަށް ޑޮލަރު ގަނެވޭނެ ފަސޭހަ އިންތިޒާމްތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ. މިކަން ހާމަކޮށް ބީއެމްއެލުން ބުނީ ހައްޖާއި އުމްރާއ...

03 Jun 2023 | 09:08

ރާއްޖެއިން ހައްޖާއި އުމްރާއަށް ފުރާ ފަރާތްތަކަށް ޑޮލަރު ގަނެވޭނެ ފަސޭހަ އިންތިޒާމްތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް ބީއެމްއެލުން ބުނީ ހައްޖާއި އުމްރާއަށް ފުރާ ދިވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޖޫން މަހުގެ 19 ވަނަ ދުވަހާއި ހަމައަށް އެ ފަރާތްތަކަށް ޑޮލަރު ދޫކުރުމަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށެވެ.

އަދި ހަފްތާ ބަންދު ދުވަހެއްކަމަށްވާ ހޮނިހިރު ދުވަހުވެސް އެ ފަރާތްތަކަށް ޑޮލަރު ނެގޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތުން ހައްޖާއި އުމްރާއަށް ފުރާ ފަރާތްތަކަށް ބީއެމްއެލުން ޑޮލަރު ދޫކުރާ ދުވަސްތަކާއި ގަޑިތައް ކަމަށް އެ ބޭންކުން ބުނެފައި ވަނީ އާދިއްތަ އިން ބުރާސްފަތި ދުވަހަށް 12:00 އިން 14:00 އަށް (ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހައި ބްރާންޗަކުން) އަށެވެ،

ހަމައެހެންމެ ހޮނިހިރު ދުވަހު ހެނދުނު 09:00 އިން 13:00 އަށް (އިސްލާމިކް ބްރާންޗް އަދި މެއިން ބްރާންޗުން) މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ހާމަކުރެެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ ކޮންމެ މީހަކަށް ދޫކުރާނީ 500 ޑޮލަރުކަމަށެވެ. މި ހިދުމަތް ހޯދުމަށް ކިޔުބީ މެދުވެރިކޮށް ޓޯކަންވެސް ނެގޭނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް